


%20(3).jpeg?w=3840&q=75)




2023 ވަނަ އަހަރު ބޭއްވުނު ގައްދޫ ކައުންސިލް ފުޓްސަލް މުބާރާތް ފެށުމުގެ ރަސްމިއްޔާތުތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި މަހު 31 ގެ ނިޔަލަށް ހަމަވާނެއެވެ.
މިމުބާރާތަކީ 2022 ވަނަ އަހަރުން ފެށިގެން ގައްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި، ގައްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށް ގައްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ޑިވިޝަނަކަށް ބަހާލައިގެންނެވެ.
އެގޮތުން މިމުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގެ އިތުރުން ޖޫނިއާ ފިރިހެން ޑިވިޝަނުގެ އިނާމު ފައިސާގެ ގޮތުގައި ޖުމްލަ 4،35،500 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، މިއީ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ.
މުބާރާތުގެ ޑިވިޝަންތަކަށް ފައިސާގެ އިނާމު ހުށަހަޅާފައިވާ ގޮތުގެ ތަފްސީލް
ފިރިހެން ޑިވިޝަން:
އަންހެން ޑިވިޝަން:
ޖޫނިއަރ ޑިވިޝަން:







%20(3).jpeg?w=3840&q=75)
