
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނަށް ޑިޖިޓަލް ފުރުސަތުތައް ފަހިކުރުމަށް އެމެރިކާއާއިއެކު މަޝްވަރާކޮށްފި
# މުހައްމަދު ސައީދު# ރާއްޖެ - އެމެރިކާ--
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތައް ބޭނުންކުރެވޭނެ ގޮތްތަކާއި މެދު އެމެރިކާއާއިއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބޭއްވި ޔޫއެސް - މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމެންޓްގެ ދަށުން ބޭއްވި ތިން ވަނަ ބައްދަލުވުމުގައި އެވެ.
އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރ ސައީދާއި އެމެރިކާގެ ޓްރޭޑް ރެޕް ބްރެންޑަން ލިންޗެވެ.
އެކޮނޮމިކް މިނިސްޓްރީއިން ބުނީ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ސައީދު ރާއްޖޭގެ ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތައް ބޭނުންކުރުމަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން އެމެރިކާއާއި އެކު މަޝްވަރާކުރެވުނު ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމުގެ އުފެއްދުންތަކަށް ޑިއުޓީ ފްރީ މާކެޓް އެކްސެސް ލިބޭނެ ގޮތްތައް ހޯއްދަވައިދެއްވައި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރގައި އެމެރިކާގެ އިންވެސްޓަރުންނާއެކު މަސައްކަތް ކުރުމަށް މިނިސްޓަރ ސައީދު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރު ދިވެހި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވައި، މިނިސްޓަރ ސައީދު ވަނީ އެމެރިކާ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިވަގުތު އެމެރިކާއަށް ކުރައްވާ ދަތުރުގެ ތެރެއިން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ބެހޭ މައުލޫމާތު އެ ގައުމުގެ ވިޔަފާރިވެރިންނާ ހިއްސާކުރައްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެމެރިކާގެ ވިޔަފާރިވެރިންނާ އެކު މި ބައްދަލުވުން އިންތިޒާމު ކޮށްފައިވަނީ އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސައީދުގެ މި ދަތުރަކީ ރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮންނަ ވިޔަފާރި އާއި އިންވެސްޓުމަންޓުގެ ގުޅުން ފުޅާކުރުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
ގުޅުންހުރި
ބަންކަރިންގެ ހިދުމަތް ހުއްޓައެއްނުލާ ، ނަތީޖާ ރަނގަޅު - ސައީދު

ެއެމެރިކާއާއިއެކު ފަތުރުވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ޖަމީލުއަށް ސައީދުގެ ފާޑުކިޔުން: މައިކު އަތުޖެހުމުން ތިދަނީ "ދުނިޔެ ރަންވެ" ހޭބުއްދި ލުހިގެން!
