
-
މާލޭ ވިޔަފާރި ބަނދަރުގެ ބައެއް ޚިދުމަތްތައް އަންނަ އޮކްޓޯބަރު މަހުން ފެށިގެން ތިލަފުށިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިގުތިޞާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
އިގުތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މާލެ ވިޔަފާރި ބަނދަރަކީ 40 އަހަރުވީ ޕޯޓެއް ކަމަށާއި، ނަމަވެސް ނިމިދިޔަ ސަރުކާރުތަކުން ޕޯޓުގެ ޚިދުމަތް ހަރުދަނާކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް ޕޯޓަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ރާއްޖޭގެ އިގުތިޞާދު އިތުރު މިސްރާބަކަށް ގެންދިއުމުގެ މަގުސަދުގައި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް މިސަރުކާރުން ފައްޓަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ ޚިދުމަތް ތިލަފުއްޓަށް ބަދަލުކުރުމުގެ މި މަޝްރޫއުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ހިއްސާކުރުމަށް މިނިސްޓަރާއި އެމްޕީއެލްގެ އިސްވެރިން ވަނީ މިއަދު ތިލަފުއްޓަށް ޒިޔާރަތްކުރައްވާފައެވެ.
















