
ވެލާނާ އެއާޕޯޓު މަޝްރޫއަށް ސައުދީ ފަންޑުން އިތުރު 100 މިލިއަން ޑޮލަރު ދީފި
# ސައުދީ ފަންޑު# ވީއައިއޭ# ރައީސް މުއިއްޒުސައުދީ ފަންޑާއި ފިނޭންސް މިނިސްޓްރީއާއި ދެމެދު ސޮއިކުރުން
ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ މަސައްކަތްތަކަށް ސައުދީ ފަންޑު ފޯރ ޑިވެލޮޕްމަންޓުން ރާއްޖެއަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމުގައި ވަނީ ދިވެހި ސަރުކާރާއި ސައުދީ ފަންޑާއި ދެމެދު ސޮއިކޮށްފައި އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީޤަކެވެ. އަދި ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މަރްޝަދެވެ.
ސައުދީ ފަންޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ދިނުމަށް ހަމަޖެހިފައިވަނީ 100 މިލިއަން ޑޮލަރުގެ ލޯނެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެއްސި 100 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ މީގެކުރިން ފޯރުކޮށްދީފައިވާ އެހީއަށް އިތުރުކޮށްދޭ އެހީއެއްކަމަށެވެ.
ސައުދީ ފަންޑުން މި އެހީދިފައިމިވަނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ތަރައްޤީކުރުމަށް ސައުދީ އިން 100 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު މީގެ ކުރިން އިއުލާނުކުރައްވާފައި ވަނިކޮށެވެ. އެގޮތުން ރައީސް އެކަން ހާމަކުރެއްވީ ވެރިކަމާއި ހަވާލުވަޑައިގެންނެވުމުގެ ކުރިން އަބޫދާބީއަށް ކުރެއްވި ދަތުރުފުޅަކަށް ފަހުގައި އެވެ.
ރައީސް ވަނީ މިމަހުގެ 10 ވަނަ ދުވަހު ސައުދީއަށްވެސް ވަޑައިގެންފައި އެވެ.
ގުޅުންހުރި

އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް، ވަޠަނެއް، ދެމި ނޯންނާނެ - ރައީސް

ރަސްފަންނު ހިތްފަސޭހެ ތަނަކަށް ހެއްދެވުމަށް ފައްޓަވާފައިވާ މަސައްކަތްތައް ބައްލަވާލަން ރައީސް އެތަނަށް!

ޢަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމަށް: ރައީސް
.jpg&w=3840&q=75)