logoEN
cocacola
މި ރައީސް ހަވާލުވެވަޑައިގެންނެވި ޒިންމާއާއި މަސްއޫލިއްޔަތުތައް ކިތަންމެހާވެސް ރަނގަޅަށް ދަނެއެވެ.

މި ރައީސް ހަވާލުވެވަޑައިގެންނެވި ޒިންމާއާއި މަސްއޫލިއްޔަތުތައް ކިތަންމެހާވެސް ރަނގަޅަށް ދަނެއެވެ.

އަހުމަދު ޝުރާއު

logo

5/13/2024, 6:31:10 AM

# ރައީސް މުއިއްޒު

ރައީސް މުއިއްޒު މަދީނާގައި ހުންނަވައި ވެސް ދިވެހި ދައުލަތް ހިންގަވަނީ

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ އަށްވަނަ ވަލީޔުލްއަމްރު ކަމުގެ ހުވާ މ. ދިމްޔާތު ޑރ މުހައްމަދު މުއިއްޒު ކުރެއްވީ އެމަނިކުފާނު އެ ހަވާލުވެވަޑައިގަންނަވާ މަގާމުގެ ބުރައާއި ބަރުދަން ކިތަންމެހާވެސް ރަނގަޅަށް އެނގި ހުންނަވައިގެންނެވެ. ސިޔާސީ މައިދާނުން ފެންނަށް ފެށުނީއްސުރެ ވެސް ޑރ.މުއިއްޒު ފާހަގަކުރެވުނީ އެހުންނެވި މަގާމަކަށް އެންމެ ބޮޑަށް ވަފާތެރިވެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައި އެވެ.

ގޮސިޔާ

އެހެން ކަމުން އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހިންގުންތެރިކަމާ މެދު ދިވެހިން އުފައްދާނެ ސުވާލެއް ނެތެވެ. ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ އަދި މިހާތަނަށް ހަ މަސް ވެވަޑައިގެންނެވި އިރު ކުރައްވަމުން ގެންދަވާ " ހާޑް ވޯކަށް އޭ ސްޓާއެއް" ދެވޭ ވަރުވާނެ ކަމަށް އަހަރެން ގަބޫލުކުރަމެވެ. ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އޮތް އިންތިހާބު ކާމިޔާބުކުރެއްވީއްސުރެ ވެރިކަމުގެ ހުވާ ކުރެއްވުމާއި ހަމައަށްވެސް ގެންދެވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށްޓަކައި ކުރަން ފަށަން ޖެހޭ މަސައްކަތްތައް ތަރުތީބު ކުރެއްވަމުންނެވެ. ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ރާއްޖޭގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ވަރަށް ވެސް މުހިންމު ވާހަކަފުޅެއް އެބަ އޮތެވެ. އެއީ ތިމަންމަނިކުފާނު މިގައުމަށް ހިދުމަތް ކުރެއްވުމަށްޓަކައި ރެޔާއި ދުވާލު ކުރާނެ ކަމަކީ ހެޔޮ ނަތީޖާ ނެރެ، ތަފާތު ދައްކުވައިދިނުން ކަމަށެވެ.

އަދި އެމަނިކުފާނުގެ ކެބިނެޓުވެސް މަސައްކަތް ކުރައްވާނީ އެއުސޫލުން ކަމަށެވެ. މިދިޔަ މަހު އިންތިހާބުވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު ބިޔަ މެޖޯރިޓީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވެސް ވިދާޅުވީ އެމަނިކުފާނުގެ ޕާޓީގެ ޓިކެޓުގައި އިންތިހާބުވި ފަރާތްތަކުގެ މަސައްކަތްވެސް ހުންނަން ވާނީ އެ އުސޫލުގައި ކަމަށެވެ.

އެކަން ބައެއް ފަރާތްތަކަށް ވެގެން ދިޔައީ ވަރަށް ބޮޑު ޖޯކަކަށެވެ. ހީ ސަމާސާކޮށް ބުނަމުން ދިޔައީ ކެބިނެޓާއި މަޖިލިސް ވެސް އޮތީ ރައީސް މުއިއްޒުގެ އަޅުވެތިކަމުގައި ކަމަށެވެ. ނަމަވެސް އަހަރެން އެކަމާއި ދެބަހެވެ. ގައުމާއި ރައީސް މުއިއްޒު ހަވާލުވެވަޑައިގެންނެވި އިރު ގައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިއެވެ. އެއީ މާލީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބެލި ނަމަވެސްމެއެވެ. ދިވެހިން، ދިވެހިންގެ ކަންކަން ނިންމަން ހޮވާ ވެރިއަކީ ދިވެހިންގެ މުސްތަގުބަލު އުޖާލާ ކޮށްދީ ދިވެހިންގެ ކަންކަން ދިވެހިން ބޭނުންވާ ގޮތަށް ނިންމުމަށްޓަކައި އަތުން ޖަހާލާ ކުޑަ ރަނގަޅު ފާހަގައަކުން އިންތިހާބު ކުރާ ވެރިއެކެވެ. އެހެން ކަމަށްވަނީ ނަމަ ރައްޔިތުންގެ ކަންކަން ހަމަ މަގަށް އަޅުވައި އުޖާލާ މުސްތަގުބަލެއް ދިވެހިންނަށް ހޯދައި ދިނުމަށް ވެރިއަކަށް ހުންނަ މީހަކު ކުރަން ޖެހޭ މަސައްކަތްތައް ބުރައެވެ. އެމަސައްކަތަށް އެވެރިއެއްގެ ހުރިހާ ވަގުތެއް ހުސްކުރަން މަޖުބޫރުވެސްމެއެވެ. އަދި އެވެރިއަކު ދިވެހިން ހޯދަން އެބޭނުންވާ އުޖާލާ މުސްތަގުބަލަށްޓަކައި އޮޑިއަށް އަރުވާ ފަޅުވެރިންވެސް އެސްޕީޑުގައި މަސައްކަތް ކުރުމުން ނޫނީ ބޭނުންވާ މަންޒިލަކަށް ނުފޯރާނެއެވެ.

މޭނާ ހައްސާނުގެ ލަވައަކުން އަހަރަމެންގެ ޖީލަށް ދޫކޮށްލި މޮޅު ޅެމެއް އަދިވެސް ހަދާން އެބަހުއްޓެވެ. " ކެޔޮޅު ކިތަންމެ މޮޅަސް, ފަޅުވެރިން ކަންނެތް ވީމާ, ސަމުގާ ކިތަންމެ ދަތަސް, ފަޅުވެރިން ހޭނުމެލިއްޔާ ". މި ޅެމުން މިސާލު ނަގަންވީ އެވެ. ރައީސް މުއިއްޒުގެ ކިތަންމެ ހިންގުންތެރިވިޔަސް, ގައުމު ހިންގަން ރައީސްގެ އަރިހުގައި ދެން ތިއްބެވި ފަރާތްތައް އެވަރަށް ހިންގުންތެރިނުވެ މި ގައުމު ބޭނުންވާ އުޖާލާ މުސްތަގްބަލަށް ވާސިލު ވާނީ ކިހިނަކުންހެއްޔެވެ. އެހެންކަމުން ރައީސް މުއިއްޒު " ނޯ ސްލީޕް" ސްޓޭޓްމެންޓަށް ފާޑު ކިޔަމުންދާ ފަރާތްތަކުން މިކަމާމެދު ވިސްނާލުން ރަނގަޅެވެ. އެފާޑު ކިޔާ ރައްޔިތު މިހާވެސް ބޭނުންވަނީ އުޖާލާ މުސްތަގުބަލެކެވެ. މިއީ އަހަރެން ބަޔަކަށް ދޭން ބޭނުންވެގެން ދޭ ރައްދެއް ނޫނެވެ. ނުވަތަ ރައީސް މުއިއްޒުގެ އަރިހުގައި ތިއްބެވި ވަޒީރުންނާއި އިންތިހާބީ މެމްބަރުންނަށް އެމީހުންގެ ހިންގުންތެރިކަމާއި މެދު ސުވާލު އުފައްދަނީކީވެސް ނޫނެވެ. ބޭނުންވީ މި ކަމަށް ޖޯކު ޖަހަމުންދާ ފަރާތްތަކުން މިކަމުގައި އަހަރެން ދެކޭ ގޮތް ވެސް ހާމަކޮށްލުމެވެ.

ރައީސް މުއިއްޒު މިވަގުތު ހުންނެވީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާންދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި ސައުދީގެ މަދީނާގައި އެވެ. އެހެން ނަމަވެސް ރައީސަށް ދިވެހިން، އެމަނިކުފާނާއި ހަވާލުކުރެވި ޒިންމާ ހަދާންނުނެތެއެވެ. އެމަނިކުފާނުގެ ހިންގުންތެރިކަމުގެ ސިފައަށް ބަދަލެއްނާދެއެވެ. މަދީނާގައި ހުންނަވައިގެން ވެސް ދިވެހިން އެމަނިކުފާނާއި ހަވާލުކުރެއްވި ޒިންމާއާއި މަސްއޫލިއްޔަތު ހަދާނަކުންނުފިލައެވެ. ރޭ އަޅުގަނޑުމެންނަށް ފެނުނު ފޮޓޯތަކުންވެސް އެކަން ސާބިތުވެއެވެ. މަދީނާގައި ހުންނަވައިވެސް އެގެންދަވަނީ ދިވެހީންގެ ކަންކަން ދިވެހީން އެދޭގޮތަށް ކުރެއްވުމަށްޓަކައި އޮފީސް ހިންގަވަމުންނެވެ. ދިވެހީންގެ، ދިވެހި ދައުލަތް ހިންގަވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ