
.jpeg?w=3840&q=75)






ވިލިނގިލީގައި ރޭ ހިނގި އަލިފާނުގެ ހާދިސާ
ގއ ވިލިނގިލީގެ އޮޑި ހަރުގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަރުގޭގައި ބަންނަމުންދިޔަ ސަފާރީ އެއްކޮށް އަދާފައިވާކަމަށް ސިފައިން ބުނެފި އެވެ.
ސިފައިންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ގއ ވިލިނގިލީ އުތުރު ފަރާތު މީހުން ނޫޅޭ ސަރަހައްދުގައި ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއެއްގައި އަލިފާން ރޯވެ އެ ހަރުގޭގައި ބަންނަމުން ދިޔަ ސަފާރީ އެއްކޮށް އަދާފައިވާ ކަމަށެެވެެ.
އަދި މި ހާދިސާ ހިނގި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެެވެ.
ވިލިނގިލީ އުތުރު ފަރާތު މީހުން ނޫޅޭ ސަރަހައްދުގައި ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ސިފައިންނަށް ލިބުނީ ރޭ 11:15 ހާއިރު އެވެ. އަދި އަލިފާން ނިއްވުމަށްޓަކައި ތިނަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުންވެސް ވަނީ ރޭ އެރަށަށް ގޮސްފައި އެވެ
އެރަށުން ގާފު ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނީ ހަރުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭ ގޮތްވީ ހަރުގޭގެ ފުރާޅު އަލިފާންގަނޑު މައްޗަށް ވެއްޓުމާއި އެކުގައި ކަމަށެވެ.

.jpeg?w=3840&q=75)





