
-
ގއ ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ހޮސްޕިޓަލުގައި ފަރުވާއަށް އެޑްމިޓްކުރުމުން ހޮސްޕިޓަލުން ފިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް 2026 މެއި 8 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ.
އަދި ފުލުހުން ކުރި މަސައްކަތުން އެމީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައާއި ގުޅޭ މާބޮޑު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)








