logoEN
cocacola
މަންމަގެ ނަމާއި އިސްތައްޓާއި ފުނާ އަދި އަންނައުނު ހޯދުމަކީ ރުޤްޔާގައި ހިމެނޭ ކަމެއް ނޫން - ޚުތުބާ

މަންމަގެ ނަމާއި އިސްތައްޓާއި ފުނާ އަދި އަންނައުނު ހޯދުމަކީ ރުޤްޔާގައި ހިމެނޭ ކަމެއް ނޫން - ޚުތުބާ

އަޙްމަދު ޖަމީލު

logo

12/4/2020, 1:24:41 PM

# ހުކުރު ޚުތުބާ

F07D377A-0F5F-4256-8EDC-35EE18B19388

ރުޤްޔާގެ ނަމުގައި މިހާރު ރާއްޖޭގެ މުޖުތަމައުގައި ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަންކަމަކީ ޝަރުއީ ރުޤްޔާ ކުރުމުގައި ހިމެނޭ ކަންކަން ނޫން ކަމަށް މިހަފްތާގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ގޮސިޔާ

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކުރީ ޝަރުއީ ރުޤްޔާގެ ހަމަތަކާ ގުޅޭ ގޮތުންނެވެ. ރުޤްޔާ ކުރުމާ ގުޅޭ ގޮތުން ޚުތުބާ ޚާއްސަކޮށްފައި މިވަނީ ދާދި ފަހުން ރުޤްޔާގެ ނަމުގައި ރާއްޖޭގެ ރަށެއްގައި އާއިލާއަކަށް ބަޔަކު ޖިންސީ ގޯނާއާއި އެހެނިހެން ބޮޑެތި އަނިޔާތަކެއް ދީފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

ހުކުރު ޚުތުބާގައި، ފަޟީލަތުއް ޝައިޚް ޢަބްދުﷲ ބިން ޢަބްދުލް ރަޙުމާނުލް ޖިބްރީން އާ ހަވާލާދީ ބުނެފައިވަނީ ރުޤްޔާ ކުރުމަށްޓަކައި ޤުރުއާން ކިޔަވައި އަންހެނާ ގަޔަށް ފުހެލުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް އަންހެނަކަށް ނުވަތަ މަޙްރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމަކީ ހުއްދަވެގެން ނޫން ކަމަށާއި މަޙްރަމަކު ފިޔަވައި އަންހެނެއްގެ ގައިަގައި ހުރަހަކާ ނުލައި އަތް ލައިގެން ނުވާނެ ކަމަށް ޚުތުބާގައި ވެއެވެ. އަދި އޭމާހެ ޙިޖާބު ނަގައިގެން ނުވާނެ ކަމަށާއި އެފަދަ ހާލަތެއްގައި ރުޤްޔާ ކުރުން ރަނގަޅީ މަޙުރަމަކު ލައްވާ ނުވަތަ އަންހެނާ އަމިއްލއަށް ކުރުން ކަމަށްވެސް ޚުތުބާ ގައިވެއެވެ.

މީގެ އިތުރުން ޝަރުއީ ރުޤްޔާގެ ނަމުގައި ޖިންނީންނާއި ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައިދެއްވާތޯ ދެންނެވުމަކީ ރުޤްޔާގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން ކަމަށާއި އެގޮތުން ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި, ބަލި މީހާ ބޭނުންކުރާ ފުނައާއި ހެދުން އަދި އިސްތަށި ހޯދަން އެދުމަކީ ރުޤްޔާ ކުރުމުގައި ހިމެނޭ ކަންކަން ނޫން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ޚުތުބާގައި ބުނެފައިވާ ގޮތުގައި އެފަދަ ކަންކަމަކީ ސިހުރު ހާހޫރަ ހެދުމުގެ އަލާމާތްތަކެކެވެ.

"މީގެ އިތުރުން ފާލުބެލުމާއި، އިރުވަރު ބެލުމާއި، އަކަ ކުރެހުމާއި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި، ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނުބައިކޮށް ލިޔުމާއި ބަލިމީހާގެ ހަށިގަނޑުގެ ތެރެއަށް ޝައިތާނާ ވައްދައި އެ ޝައިތާނުންގެ ކިބައިން ކަންކަން އޮޅުންފިލުވުމާއި ﷲގެ އިސްމުފުޅު ނަންގަތުމެއް ނެތި ޖަނަވާރާއި ދޫނި ފަދަ ތަކެތި ކަތިލަން ބުނުމަކީ ޝަރުޢީ ރުޤްޔާއާ އެއްވެސް ގުޅުމެއް ހުރި ކަންކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އެގޮތަށް އެކަން ކުރުމަކީ ހަރާމް ކަމެކެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ރުޤްޔާ އަކީ ދުޢާއެއް ކަމަށާއި އެ ދުޢާ އިޖާބަކުރައްވާ ފަރާތަކީ މާތްﷲ ކަމަށްވާއިރު ޝިފާ ދެއްވާ ފަރާތަކީ އެކަލާނގެ ކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި މަކަރުވެރި ކެހިވެރިރޭވުންތަކެއްގެ ތެރެއިން ތިމާމެންގެ ހަވާނަފްސު ގެ އެދުންތަކާއި ޣަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަގެއް ކަމުގައި ރުޤްޔާ ކުރުން ހަދައިގެން ނުވާނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ