އައްޑޫ ފޮށިތަކުން ޕީއެންސީ ކުރިހޯދުމަކީ ބޮޑު ކާމިޔާބީއެއް، އަމާޒަކީ 2028 – ޢަބްދުއްރަޙީމް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އައްޑޫ ސިޓީގައި ބެހެއްޓި ވޯޓުފޮށިތަކުން ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯއްދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި، އެ ކާމިޔާބީން ލިބުނު ހިތްވަރާއެކު 2028 ގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕީއެންސީ އޮތީ ގަދަކޮށް އަމާޒުހިފައިގެން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
6/7/2026, 8:30:28 AM