logoEN
Sto top
ފައިސަލް މަސައްކަތް ކުރެއްވީ ފުރިހަމަ އިހުލާސްތެރިކަމާއެކު, ފަހުރުވެރިވަން - އަބްދުއްރަހީމް

ފައިސަލް މަސައްކަތް ކުރެއްވީ ފުރިހަމަ އިހުލާސްތެރިކަމާއެކު, ފަހުރުވެރިވަން - އަބްދުއްރަހީމް

އަހުމަދު ޝުރާއު

logo

1/28/2025, 10:35:27 AM

# ފައިސަލް# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

--

ކުއްލި ގޮތަކަށް މިއަދު މަގާމުން ވަކިކުރެއްވި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަކީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ނަތީޖާ ނެރެދެއްވި ބޭފުޅެއް ކަމަށް އޭނާގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

Wamco

ފައިސަލް ކުއްްލި ގޮަތަކަށް މަގާމުން ވަކި ކުރީ މިއަދުގެ ހެނދުނު އެވެ. އެގޮތުން ފައިސަލް މަގާމުން ވަކިކުރިކަން އޭނާއަށްވެސް އިނގުނީ މިއަދު ހެނދުނު އޮފީހަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ހިދުމަތް ކުރެއްވީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކަމަށާއި ނަތީޖާ ނެރެދެއްވި ކަމަށެވެ.

"ދާއިރާގެ އިތުބާރާ ލޯބި ހޯދި. މާތް الله ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރު ކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި،" އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

ފައިސަލް ވަކިކުރި ސަބަބެއް އަދި މިހާތަނަށް ހާމަވެފައިނުވާއިރު އޭނާ ވަކިކޮށްފައިމިވަނީ ރައީސް މުއިއްޒު އާއި އަބްދުއްރަހީމްގެ މެދުގައި ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި އެވެ. މިއަދު ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައިވެސް އަބްދުއްރަހީމް ވަނީ އެމަނިކުފާނާއި ރައީސް މުއިއްޒު އާއި ދެމެދުގައި މައްސަލަތަކެއް އުޅޭކަން ކަށަވަރުކޮށްދެއްވާފައި އެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި ގުޅުން ގޯސްވި ސަބަބެއް ހާމައެއް ނުކުރެއެވެ.

އަބްދުއްރަހީމް އަކީ ރައީސް މުއިއްޒު އަށް ޕީއެންސީގެ ޓިކެޓު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅާއެވެ. ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައި ކުރީގެ ރައީސް ޔާމީން ވާދަކުރެވޭ ގޮތް ނުވުމުން ޓިކެޓު އޭރުގެ މޭޔަރު މުއިއްޒު އަށް ދެއްވުމުގައި އަބްދުއްރަހީމް އަމަލުކުރެއްވި ގޮތުން ކަމަށްބުނެ ރައީސް ޔާމީންއާއި އަބްދުއްރަހީމްއާއި ދެމެދު ވެސް ގުޅުން ގޯސްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside