logoEN
Sto top
ތަރައްގީ ހުރީ މެކުހަށް ޖަހާފައި، މިއީ މިހާތަނަށް އެންމެ ކާމިޔާބު ވެރިކަން - އަބްދުއްރަހީމް

ތަރައްގީ ހުރީ މެކުހަށް ޖަހާފައި، މިއީ މިހާތަނަށް އެންމެ ކާމިޔާބު ވެރިކަން - އަބްދުއްރަހީމް

އަހުމަދު ޝުރާއު

logo

10/20/2025, 7:42:25 PM

# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

-

ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތައް ހުރީ މެކުހަށް ޖަހާފައިކަމަށާއި މި ވެރިކަމަކީ މިހާތަނަށް އެންމެ ކާމިޔާބު ވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Wamco

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މިހާރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ލާމު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަުފުޅުގައި އެވެ.

އެގޮތުން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވެދާނެ ކަމަށް ބަލައި އަތްޖަހަން ތައްޔާރަށް ޕީއެންސީގެ ވެރިކަން ވެއްޓިގެންދާނެ ކަމަށް ބަލައި، ވާދަވެރިން ތިބީ އެކަމަށް ތައްޔާރުވެގެން ކަމަށާއި ނަމަވެސް ރައީސްގެ ހިކުމަތްތެރިކަމާއެކު ކުރިއަށް ވަޑައިގެން، ވެރިކަމަށް ދެ އަހަރު ވެގެންދާ އިރު، ތަރައްގީގެ މަޝްރޫއުތައް ވަނީ މެކުހަށް ޖަހާފައި ކަމަށް އެދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީ ވެރިކަމަކީ މިހާތަނަށް ދިވެހިރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން ކަމަށާއި އެކަމަކު އެ ކާމިޔާބު ހޯދޭނީ ރައްޔިތުން އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތަށް އެމަނިކުފާނާ އެކީގައި ސާބިތުވެ ތިއްބަވައިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ސޮއިކުރެވިގެންދިޔަ ތަރައްގީގެ މަޝްރޫއުތަކާއެކު މިރެއަކީ ފޮނަދޫގެ ތާރީހުގައި އާ ސަފުހާއެއް ލިޔެވިގެންދިޔަ ރެއެއް ކަމަށާއި އެ ތާރީހުގައި ރައީސް މުއިއްޒުގެ ނަން ރަން އަކުރުން ލިޔެވިގެންދާނެ ކަމަށްވެސް ވިދާޅުވެފައި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ގަދަ ކަނޑުގައި ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ވަޑައިގެންނެވުމަކީ އެ މަނިކުފާނުގެ ހިތްޕުޅުގައި ގައުމަށް ހިދުމަތް ކުރުމުގެ ޖޯޝާއި ރޫހު އޮތް މިންވަރު ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC