
Fg-L_SjUYAMIZRU
ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫ ދާބީ 8 ވަނަ ޕީސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ފުރާވަޑައިގެންފިއެވެ.
މިއީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އެންޑް އިންޓަރނޭޝަނަލް، އައްޝައިޚް ޢަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންގެ ބެއްލެވުމުގެ ދަށުން 2022 ނޮވެންބަރު 8 އިން 10 އަށް ކުރިއަށްދާ ފޯރަމެކެވެ.
މި ފޯރަމްގެ އިސްކަމެއް ދޭނީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި ސުލްހަ ކަށަވަރުކޮށްދިނުމެވެ.
މި ފޯރަމްގެ މަސައްކަތް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ މުސްލިމް މުޖުތަމަޢުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި އަމާންކަމާއި ސުލްހަ ޤާއިމްކުރުމަށާއި ހަރުކަށި ވާހަކަތަކާއި ދީންތަކުގެ މެދުގައި އުފެދޭ ކޯޅުންތަކަށް އެކި ދީންތަކުގެ ފަރާތްތައް ބައްދަލުވެ އެއްބަސްވުމަކަށް އައިސް ހައްލެއް ހޯދުމަށެވެ.
















