
viber_image_2022-10-25_09-14-23-621
ލ. ގަން ތުނޑީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 97 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން މިއަދު ބުނީ، ގަމު ތުނޑީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 49 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 33.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.













.jpeg?w=3840&q=75)