ޔަމަނުގެ އެންމެ މުހިންމު އެއް ބަނދަރު ސިޓީކަމަށްވާ މޮޚާ ކައިރިން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓަކަށް ހަމަލާދީފި އެވެ.
ޔަމަނުގެ މޮޚާ ސަރަޙައްދުން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ކާގޯ ބޯޓަކަށް ނޭނގޭ އެއްޗެހިތަކަކުން ޙަމަލާދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަން (ޔޫކޭއެމްޓީއޯ) އިން ހާމަކުރީ ދެންމެއެވެ.
މި ހަމަލާއަކީ ޔަމަނުގެ ހޫތީން ދިން ކަމަށް ބެލެވޭ ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނަމުންދާއިރު އަދި މިހާތަނަށް މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެއެވެ.
އަދި ހަމަލާ އަމާޒުވި ބޯޓާއި ގުޅޭ މާގިނަ މައުލޫމާތު ތަކެއްވެސް އަދި މިހާތަނަށް ހަމަވެފައިނުވާއިރު ލިބުނު ގެއްލުމުގެ ތަފްސީލްވެސް އަދި ހާމައެއް ނުކުރެއެވެ.
މެދުއިރުމަތީގެ މަޝްރަހު ދުވަހަކަށްވުރެ ދުވަހެއް ހޫނު ވަމުންދާއިރު ޔަމަނުގެ ހޫތީން އެގައުމު ކައިރިން ދަތުރުކުރާ އުޅަނދުތަކަށް ދޭ ހަމަލާތައް ދަނީ ވަރުގަދަ ކުރަމުންނެވެ. އަދި މިއީ އެމެރިކާއާއި އިޒްރޭލާއި ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށް ހޫތީން ބުނި ނަމަވެސް ބައެއް ހަމަލާތައް ދަނީ އެހެންގައުމުތަކުގެ އުޅަނދުތަކަށްވެސް އަމާޒުވަމުންނެވެ.










.jpeg?w=3840&q=75)