
4118
ލ.ގަން ތުނޑީ އަވަށު ގެއެއްގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 10:35 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ.
ލ.ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ކުރި މަސައްކަތުން ރޯވި އަލިފާން ނިއްވާލެވިފައިވަނީ މިއަދު 10:48 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެެއް ނުވެއެވެ.










.jpeg?w=3840&q=75)



