
CEC11B10-A5EC-4D2F-BEC4-69DECBE96130
އިންޑިއާގެ ހިލޭ އެހީގެ ދަށުން ގދ. ތިނަދޫ އަބޫބަކުރު ސްކޫލް ހިމެނޭހެން 3 ސްކޫލެއްގައި އިންކްލޫސިވް ސަޕޯޓް ޔުނިޓް ގާއިމްކުރަން ނިންމައިފިއެވެ.
ތިނަދޫ އަބޫބަކުރޫ ސްކޫލްގެ އިތުރިން ޔުނިޓްތައް އަޅަން ހަމަޖެހިފައި ވަނީ، ހއ. ދިއްދޫގައި ހުންނަ ހއ. އޭއީސީއާއި ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލުގައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ އިއްޔެ ހއ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. މި މަޝްރޫއަށް އިންޑިއާއިން 4.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
އިންޑިއާގެ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 45 އަށްވުރެ ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހިންގަމުންދާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 20 ވަރަކަށް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވެއެވެ.










.jpeg?w=3840&q=75)