.jpeg?w=3840&q=75)



.jpeg?w=3840&q=75)



big_hKBJNSfhlvIGFa7Lrk6IuJVVI
އާސަންދައިގެ ނަމުގައި އޮޅުވާލައިގެން ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވުމާއި ގުޅިގެން ސަމާލުވުމަށް އެކުންފުނިން އިލްތިމާސްކޮށްފިއެވެ.
އާސަންދައިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެކުންފުނީގެ ނަމުގައި މެސެޖުކޮށް ފޭކް ވެބް ޕޭޖްތަކާއި ލިންކުތައް މެދުވެރިކޮށް އޮޅުވާލައިގެންް ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.
އެކުންފުނިން ބުނެފައިވާ ގޮތުގައި އެކުންފުނީގެ މުޢާމަލާތްްތަކާ ގުޅުންހުރި ވެބް ލިންކުތައް ނިމޭނީ އެކުންފުނީގެ ރަސްމީ ވެބްސައިޓް aasandha.mv އިން ކަމަށެވެ.
އެހެންކަމުން ސްކޭމަރުންްނާމެދު ސަމާލުވެ، އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ޕާސްވޯޑެއް ހާމަނުކުރެއްވުމަށް އެކުންފުނިން އިލްތިމާސްކުރާ ކަމަށާއި، ޝައްކު ނުވަތަ އޮޅުންއަރާފަދަ ކަމެއް ދިމާވެއްޖެނަމަ ފުރަތަމަ އެކުންފުނީގެ ކޯލްސެންޓަރަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް އެކުންފުނިން ވަނީ އެދިފައެވެ.
މިފަހަކަށް އައިސް މަކަރާއި ހީލަތުން މީސްމީހުންގެ ޒާތީ މައުލޫމާތުތައް ހޯދައި ފައިސާއާއި އެހެނިހެން މުއާމަލާތްތައް ކުރުން ވަނީ އިތުރުވެފައެވެ.
.jpeg?w=3840&q=75)


