
29DC6B6C-2415-40C3-923B-240736C5A08C
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅުގައި އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދް ބަދްރު އަލްސައިދީއާއި ބައްދަލުކުރައްވާނެއެވެ. އަދި ރައީސް ސޯލިހުގެ ފަރާތުން އޮމާންގެ ސަލްޓަން ހައިތަމް ބިން ތާރިގަށް އަރުވާ ސިޓީއެއް ރައްދުކޮށްދެއްވާނެއެވެ. އަދި ދަތުރުފުޅުކުރެއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 އިން 20ގެ ނިޔަލަށެވެ.
https://twitter.com/abdulla_shahid/status/1582193214651367424?s=46&t=Pii9pOAUgI7k7mXFHA4PMg
ޝާހިދު އޮމާން އަށް ވަޑައިގަތުމުން އެމަނިކުފާނަށް އޮމާން އިން މަރުޚަބާ ދަންނަވާފައި ވަނީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލްޖަރާދީއެވެ.
މި ދަތުރުފުުގައި އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރް އަލް ބުސައިދީ އާއި ބައްދަލުކުރައްވުމާއި، އޮމާންގެ ހެރިޓޭޖް އަދި ޓުއަރިޒަމް މިނިސްޓަރު ސަލީމް ބިން މުހައްމަދު އަލް މަޙްރޫގީ އާއި ބައްދަލުކުރައްވުމާއި، އޮމާންގެ އިންވެސްޓްމެންޓް އޮތޯރިޓީ އާއި ބައްދަލުކުރައްވާ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
















