.jpg?w=3840&q=75)



.jpg?w=3840&q=75)

.jpg?w=3840&q=75)

.jpg?w=1920&q=75)
ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ވަނީ މައްސަލަ ބަލައިގަނެ ރަޖިސްޓްރީ ކޮށްފައެވެ.
ޝާހިދު ހައްޔަރުކު ކުރުމަށް ފަހު މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން މިހާރު ވަނީ 30 ދުވަހަށް ބަންދު ކުރުމުގެ އަމުރު ނެރެފައެވެ. އޭނާ ހައްޔަރުކޮށް ދޫނިދޫގައި ބަހައްޓާފައި ހުރިއިރު، ޝާހިދުގެ ގެ ހ. ރަބީއީމަންޒިލަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަދެ ރޭ ފާސްކޮށްފައެވެ.
ޢަބްދުﷲ ޝާހިދު ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައެވެ.
.jpg?w=3840&q=75)



.jpg?w=3840&q=75)