

.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)

FfNZqxBaAAIoxMk
މި ސަރުކާރަށް ދެވަނަ ދައުރެއް ދީފިނަމަ ރާއްޖޭން މަސްވެރިކަން އުވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅުން މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ.ކެލާގައި ރޭ ބެއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އަދުރޭ ވިދާޅުވީ މަސްވެރިކަން 15 އަހަރުތެރޭގައި ނެތިގެން ހިނގައިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ކަމަށާއި ފައްޔާޒު އެ ވިދާޅުވަނީ ރަނގަޅު ވާހަކައެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ ރާއްޖޭގެ މަޝްހޫރު ކަނޑަކުން ރަނގަޅަށް ދެތިން ދުވަހު މަސްބާނާ އިރަށް އެތަނުގައި ދިރާސާއެއް ކުރަންޖެހޭ ކަމެއް ބުނެ އެ ކަނޑަށް ވަނުން އިންޑިއާ އިން މަނާކުރާނެ ކަމަށާއި ރާއްޖޭގެ ކަނޑުތަކުގައި އޮތީ އިންޑިއާގެ ބާރު ކަމަށާއި އެއްބަސްވުންތައް ހަދާފައި ހުރީ ކޮން ގޮތަކަށް ކަމެއްވެސް ނޭނގޭ ކަމަށެވެ.
އަދި އެއްބަސްވުންތަކުގައި ހުރި ވާހަކަތައް އެނގެނީ އިންޑިއާ އަށާއި ރާއްޖެއަށް ހިޔާނަތްތެރިވެފައިވާ ދެތިން މީހަކަށް ކަމަށްވެށާއި ރާއްޖެ އަށް ބޭނުންވަނީ ރާއްޖޭގެ ކަނޑުއޮޅިތަކުގައި ދަމާ އޮއި ރަނގަޅަށް ދަންނަ މާލިމީއެއް ކަމަށާއި ފަރުގިރިތަކާ ދޯޅު މާލިމީއެއް ބޭނުން ނުވާ ކަމަށެވެ.


.jpeg?w=3840&q=75)
