
Ghazee Rafeeu
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްްޓްރޭޓް ރަފީޢުއްދީން އަޙުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ނިންމައިފިއެވެ.
މެޖިސްޓްރޭޓް ރަފީޢުއްދީންގެ ސުލޫކީ މައްސަލައެއް ބަލަން އެކޮމިޝަނުން ނިންމާފައިވަނީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވުމަށްފަހު، ހުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ޙުކުމް ކޮށްފައިނުވާތީއެވެ.
އެހެންކަމުން މި މައްސަލައާ ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާ، މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.
އެގޮތަށްް އެކޮމިޝަނުން ނިންމާފައިވަނީ 2022 އޮކްޓޫބަރު 05 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 69 ވަނަ ޖަލްސާގައެވެ.












