.jpg?w=3840&q=75)
New Project (65)
އަދާލަތު ޕާޓީއާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރައްްދުދެއްވައިފިއެވެ.
އުތުރުގެ ރަށްތަކަށް ރައީސް ޔާމީން ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، އަދާލަތު ޕާޓީ އުފެދުނު ގޮތާއި، އަދާލަތު ޕާޓީއާ ގުޅިގެން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އިމްްރާން ވިދާޅުވީ، އަދާލަތަށް ވަންނަނީ މީހުންނަށް އަނިޔާކުރުމާއި ވައްކަން ކުރުމަށް ނަމަ ޔާމީން އެ ވިދާޅުވީ ތެދުފުޅެއް ކަމަށެވެ.
ނަމަވެސް އަދާލަތަށް ވަންނަނީ މާތްﷲ ގެ ދީނަށް އުޅެ، ދީން މަތިވެރިކޮށް، ހެޔޮލަފާ މުއުމިނަކަށް ވުމުގެ ނިޔަތުގައި ނަމަ ދިންނަވާ ނަސީބު ލިބޭ މީހަކަށް ވާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީއަށް ނިސްބަތްކޮށް ޔާމީން ވިދާޅުވީ ބައެއް އިލްމުވެރިން ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި ވާހަކަދެއްކި ނަމަވެސް ރައްޔިތުންގެ ލޯކުރިމަތީގައި ހިނގާ ކަންކަން އޮޅުވާނުލެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ގާތަށް އައިސް ވަކި މީހަކު ވިއްކަން އުޅުމަކީ އިލްމުވެރިންގެ ދައުރެއް ނޫން ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
އަދި އަދާލަތު ޕާޓީ އުފެދުނު ގޮތާއި، އެޕާޓީ އުފެދިގެންއައި އިރު ހީވި ގޮތާއި މިހާރުގެ ހާލަތު ބަދަލުވެފައިވާ ކަމަށް ބުނެ، ޔާމީން ވިދާޅުވީ ﷲގެ ދިންނެވުމާއި ފުއްސެވުން އަދާލަތު ޕާޓީއަށް ވަދެގެން ނުލިބޭނެ ކަމަށެވެ.
















.jpg?w=3840&q=75)