








ezgif-4-9f21f6ab98
އިނގިރޭސިވިލާތުގައި، ނަރުހަކު އޭނާގެ ބެލުމުގެ ދަށުގައި ތިބި ހަތް ތުއްތު ކުއްޖަކު މަރާލިކަމަށް އިއުތިރާފުވެއްޖެ އެވެ.
ލޫސީ ލެޓްބީ ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ ނަރުސް މީހާގެ މައްޗަށް 7 ކުއްޖަކު މާރާލުމާއި، އިތުރު 10 ކުއްޖަކު މަރާލުމަށް އުޅުމުގެ ދައުވާ އުފުލައި، ޝަރީއަތްވެސް މިހާރުވަނީ ފަށާފައެވެ. އޭނާ އެ ކަމަށް އިއުތިރާފުވެފައިވަނީ ކޯޓުގެ އަޑުއެހުމެއްގައި، ފަނޑިޔާރުންނަށް ދިން ނޯޓެއްގައެވެ.
އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބައެއް ކުދިން މަރާލަން މަސައްކަތް ކުރި ކަމަށް ބުނެ، ގަސްތުގައި މީހަކު މެރުމުގެ ހަތް ދައުވާއަކާއި ގަސްތުގައި މީހަކު މަރާލަން އުޅުމުގެ 15 ދައުވާއާއެކު ޖުމްލަ 22 ދައުވާއެއް އޭނާގެ މައްޗަށް ކުރެ އެވެ.
އެ ތުއްތުކުދިން މަރުވީ ލެޓްބީ ޑިއުޓީ ހުންނަ ގަޑިތަކުގައެވެ. އަދި އެތަނުން އެއްކުއްޖަކު މަރުވީ، އޭނާ ޑިއުޓީއަށް ނުކުތްތާ 90 މިނެޓްތެރޭގައެވެ. ތަހުގީގުން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ލެޓްބީ މި ކުދިންތައް މަރާލީ ޒަހަރުދީގެންނެވެ. އަދި އެނޫންވެސް އެތައް ހެކިތަކެއް އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވެއެވެ.
ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންނަށް އޭނާ ދިން ނޯޓުގައި ބުނެފައި އޮތީ "އަހަރެން އެކުދިން މަރައިލީ ގަސްތުގައި، އަހަރެންނަށް ދިރިހުރުމުގެ ބޭނުމެއްނެތް" ކަމަށެވެ. ދުނިޔ




