
Screenshot 2022-10-13 at 15.18.43
ސްޓޭޓް އިލެކްޓްރީކް ކޮމްޕެނީ (ސްޓެލްކޯ) އިން ކ. ކާށިދޫ ސިއްޙީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ކާށިދޫ ސިއްޙީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.
ކ. ކާށިދޫގެ ހެލްތް ސެންޓަރގެ ޑެލިވަރީ ރޫމާއި، މާބަނޑު މީހުންގެ ވޯޑުގައި ހަރުކުރުމަށް 2 އޭސީގެ އިތުރުން، ލެބޯޓަރީގައި ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމެއް މިކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ ކާށިދޫ ހެލްތް ސެންޓަރަށް ހަދިޔާކޮށްފައި. pic.twitter.com/399g6te0Jl
— STELCO (@STELCOMALDIVES) October 13, 2022
އެގޮތުން ކާށިދޫގެ ހެލްތް ސެންޓަރގެ ޑެލިވަރީ ރޫމާއި، މާބަނޑު މީހުންގެ ވޯޑުގައި ހަރުކުރުމަށް ދެ އޭސީގެ އިތުރުން، ލެބޯޓަރީގައި ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯ އަކީ ސަރުކާރުގެ ޔުޓިލިޓީ ކުންފުންޏެކެވެ. އެކުންފުނިން އަންނަނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)





