


.jpeg?w=3840&q=75)




.jpg?w=2048&q=75)
6ad19ff7d23c34e1493fbc94f9b9168d
2022 ވަނަ އަހަރުގެ ޤައުމީ އިނާމު ދިނުމުގެ ޖަލްސާގެ ސައިފޮދު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ހޯމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާ އޮކްޓޯބަރ 20 ވާ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެހެންކަމުން މި ޖަލްސާގެ ސައިފޮދު (ކޭޓަރިންގ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެމިނިސްޓްރީން ބޭނުންވާ ކަމަށެވެ.
ބީލަމުގައި ރަޖިސްޓްރީވެލެއްވުމާއި، މަޢުލޫމާތު ސާފު ކުރެއްވުން އޮންނާނީ 2022 އޮކްޓޯބަރ 10 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2022 އޮކްޓޯބަރ 16 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 އޮކްޓޯބަރ 10 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީވެލައްވާ މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.



.jpeg?w=3840&q=75)
