
Supreme Court
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ހެދި އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެ އެއްބަސްވުން އުވައިލީ 2013 ވަނަ އަހަރު އެވެ. ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނީ ދީބާޖާ އެއްބަސްވުން ބާތިލުކުރީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި، ބަދަލުގެ މިންވަރު ވަޒަން ކުރުމަށް އަލުން ދަށު ކޯޓުގެ މަރުހަލާއަށް ހުށަހެޅުމަށް ވެސް އެކޯޓުގެ ހުކުމުގައި ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގައި ތިންވަނަ ފަހަރަށް މި މައްސަލަ ބެއްލެވީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
އެކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ހުކުމްކޮށްފައިވަނީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ.
އެހެންވެ، އެކުންފުންޏަށް ލިބެންޖެހޭ ބަދަލުގެ މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.










.jpg?w=3840&q=75)

.png?w=3840&q=75)