
.jpeg?w=3840&q=75)




.jpeg?w=3840&q=75)


Screenshot 2022-10-04 at 09.38.03
ރަޝިޔާގެ ދިފާއީ ބާރުތައް ބަލިކޮށް ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންއިން އެގައުމުގެ ދެކުނުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދައިފި އެވެ.
ޔޫކްރެއިންގެ ސިފައިން ވަނީ ޑީނިޕްރޯ ކޯރުގެ އައްސޭރިފަށުގެ އެތައް ވިލެޖެއް ހިފައިފައެވެ. މިއީ ރަޝިއާއިން ސިފައިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އައި ސަރަހައްދެކެވެ.
މިކަން ރަޝިޔާ ސިފައިންގެ ލީޑަރަކުވެސް ވަނީ ބޭރުގެ މީޑިއާ ތަކަށް ކަށަވަރުކޮށްދީފައި އެވެ.
ރަޝިޔާގެ ފައުޖުތައް ވަނީ މި ޙަމަލާގެ ކުރީކޮޅުން ފެށިގެން މައިގަނޑު ގޮތެއްގައި ސްޓެޓިކް ފްރަންޓް ލައިންގައި ވަރުގަދަ އަށް ހުރި ތަންތަނަށް ވަދެ ރައްކާތެރިކަން ހޯދާފައެވެ..
ޔޫކްރެއިންގެ ސިފައިން ދެކުނުގައި ދަތުރުކުރަމުން ދިޔަ ރަޝިއާގެ 31 ޓޭންކާއި އެއް މަލްޓިޕްލް ރޮކެޓް ލޯންޗަރު ވެސް ވަނީ ހަލާކުވެފަ އެވެ.
އިރުމަތީ ގައި ޔޫކްރެއިންގެ ސިފައިން ވަނީ އަވަސް ހަމަލާތައް ވެސް ފުޅާކޮށް، ރަޝިއާއިން ހިފާފައިވާ ސަރަހައްދުތަކުގައި ހުރި އިތުރު ސަރަހައްދުތައް އަތުލައި، އެ ސަރަހައްދުތަކުގެ ސަޕްލައި ލައިންތަކަށް ހިފުމަށް މަސައްކަތް ކޮށްފައެވެ.
ރައީސް ވޮލޮޑިމީރް ޒެލެންސްކީ ޔޫކްރެއިންގެ އަސްކަރިއްޔާއިން ގިނަ ސަރަހައްދުތަކެއްގެ ސިޓީތައް އަނބުރާ އަތުލާފައިވާ ކަަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރަޝިޔާގެ ފައުޖުތައް ވަށާލާފައިވާކަމަށް ކްރެމްލިންއިން އިޢްލާން ކުރުމާއެކު، ޔޫކްރެއިންގެ ސިފައިން ވަނީ ހޮނިހިރު ދުވަހު އެ ސިޓީ އަލުން ހިފާފައެވެ.
މެއި މަހުން ފެށިގެން ރަޝިއާގެ ބާރުގެ ދަށުގައި އޮތް އެ ސިޓީ އަލުން ހިފުމަކީ ޔޫކްރެއިންއަށް ރައްދު ހަމަލާތަކުގައި ލިބުނު އިތުރު ކާމިޔާބީއެއް ކަން ފާހަގަކޮށްލެވެއެވެ.

.jpeg?w=3840&q=75)






