.jpeg?w=3840&q=75)




.jpeg?w=3840&q=75)



Mexico_foreign_1200x768
ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ދާއިމީ ސުލްހަ ގާއިމުކުރުމަށް މެޑިޓޭޓް ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި، ޕޯޕް ފްރާންސިސްއާއި، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް މެކްސިކޯއިން އދއަށް ހުށަހަޅައިފިއެވެ.
މިގޮތަށް ހުށަހެޅުއްވީ، ނިއުޔޯކްގައި ޔޫކްރެއިންއާ ބެހޭގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބަހުސްގައި ބައިވެރިވެވަޑައިގެން މެކްސިކޯގެ ޚާރިޖީ ވަޒީރު މާރސެލޯ ލުއިސް އެބްރާޑް ކަސަބޫންއެވެ. އޭނާ ވިދާޅުވީ، އެދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހަނގުރާމަ ހުއްޓުވަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މުހިންމު ރޯލެއް އަދާކުރެއްވޭނެ ކަމަށެވެ.
މިގޮތަށް މެކްސިކޯއިން ހުށަހަޅާފައިމިވަނީ، އުޒްބަކިސްތާނުގެ ސަމަރްކަންދުގައި މިހާރު ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ 22 ވަނަ ބައްދަލުވުމުގެ ތެރެެއިން ރަޝިޔާގެ ރައީސް ޕުޓިން އާ ބައްދަލުކުރެއްވުމަށްފަހު ހަނގުރާމަ އަކީ ހައްލެއް ނޫން ކަމަށާއި، "މިއީ ހަނގުރާމައިގެ ޒަމާނެއް ނޫން" ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕުޓިންއަށް ވިދާޅުވެފައިވަނިކޮށެވެ. އިންޑިއާގެ ބޮޑުވަޒީރުގެ މި ވާހަކަފުޅުތަކަށް ހުޅަނގުގެ ގައުމުތަކުން މަރުހަބާ ކިޔާފައިވާއިރު، އޭގެ ތެރޭގައި އެމެރިކާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތްވެސް ހިމެނެއެވެ.
އެގޮތަށް ހުށަހަޅުއްވަމުން ކަސަބޫން ވިދާޅުވީ، މެކްސިކޯއިން ގަބޫލުކުރާ ގޮތުގައި ގައުމުތަކުގެ ދެމެދުގައި ސުލްހަވެރިކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައު އެންމެ ފުރިހަމައަށް މަސައްކަތްކުރަންޖެހޭކަމަށެވެ.
އެގޮތުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވައި ދެގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް އުފައްދާ ކޮމިޓީގެ މަޤްޞަދަކީ، މަޝްވަރާގެ އާ މެކޭނިޒަމްތަކެއް އުފައްދައި، އިތުބާރު އުފެއްދުމަށާއި، ނުތަނަވަސްކަން ކުޑަކުރުމަށާއި، ދާއިމީ ޞުލްޙައަށް މަގު ހުޅުވާލުން ކަމުގައި އޭނާ ވިދާޅުވިއެވެ.
މެކްސިކޯގެ ޚާރިޖީ ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި ސުލްހަ ގެނެވޭނީ މަޝްވަރާއާއި ޑިޕްލޮމަސީގެ ތެރެއިން ނާއި ހަރުދަނާ ސިޔާސަތުތަކެއް ބިނާކޮށްގެން ކަމަށެވެ.
.jpeg?w=3840&q=75)







