.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)
.jpeg?w=3840&q=75)
340235_3_3d28da521e5f9bbb92d8124d5513ca45aae280a3_large
ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުންހިންގައި، އެއަމަލު ހިންގަނިކޮށް ވީޑިއޯ ރެކޯޑުކޮށްގެން ބެލްކްމެއިލް ކުރުމަށް ބޭނުން ކުރިކަމަށްބުނާ، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޖަލުހުކުމެއް ވެސް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް ފަހުން އުފުލި އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއަށް ވެސް އޭނާ ޝަރީއަތުގައި އިއުތިރާފުވެފައިވާތީ، މިއަދު އޭނާގެ މައްޗަށް ހުކުމް ކުރަން ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި އެ މައްސަލަ ތާވަލްކޮށްފައިވަނީ މިއަދު 15:00 އަށެވެ. މި އަޑުއެހުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިއްރު މަޖިލީހެއްގައެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކުއުޓާ އަދި ތަރުޖަމާނު އަހުމަދު ޝަފީއު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ދައުވާއަކަށް އޭނާ އަށް އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ޖުމްލަކޮށް ބަލާއިރު ދެ އަހަރާއި 11 މަހާއި 15 ދުވަހުގެ ހުކުމެކެވެ.
އެއް ޖިންސުން އެތައް ބަޔަކާއިއެކު ގުޅުން ހިންގި ކަމަށް އޭނާ އިއުތިރާފު ވުމުން އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ.
ފެންމަތިވެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. އެ ދެ ގާނޫނޫގައި ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ބަޔާންކޮށްފައިވާ ނަމަވެސް، އެ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބެއް ލިބެނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
.jpeg?w=3840&q=75)


