.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

331405_3_22018e3e24f0f91e3b467149a58a41e8f9bf938d_large
އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ދައުވާގެ ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ތާވަލްގައިވާ ގޮތުން ނާޒިމް ސައްތާރަށް ހުކުމް ކުރުން އޮތީ މާދަމާ ހަވީރު 4:30 ގައި އެވެ. އެ ޝަރީއަތް ކުރިއަށްދާނީ އޮންލައިންކޮށެވެ.
ނާޒިމް ވަނީ އޭނާ އަލަމްގީރްއާއިއެކުގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފް ވެފައެވެ.
ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރް އެއްޖިންސުން ގުޅުން ހިންގި ކަމަށް ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންވެ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، އަލަމްގިރް މިހާރު ދަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.
އަލަމްގީރް އާއެއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެހެން ބައެއް މީހުންގެ މައްޗަށްވެސް ދައުވާ އުފުލާފައިވެ އެވެ. އޭގެތެރެއިން ބައެއް މީހުންގެ ޝަރީއަތް ވަނީ ކްރިމިނަލް ކޯޓުގައި ފަށައިފައެވެ.
.jpeg?w=3840&q=75)


