.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)
.jpg?w=3840&q=75)
Dhondhigu
އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާގެ މައްޗަށް އެއް އަހަރާއި ދެމަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެ މިއަދު ހުކުމް އިއްވާފައިވަނީ މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއުގެ މައްޗަށެވެ. އަބްދުއްރަހްމާނު ރަފީއުއަކީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓްމެންޓުގައި މަސައްކަތް ކުރި ފުލުހެކެވެ.
ކްރިމިނަލް ކޯޓުން މިއަދު އޭނާގެ މައްޗަށް ހުކުމް ކުރީ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ. މީގެ ކުރިން ރަފީއު ބަންދުގައި ހުރެފައިވާތީ އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައިގައި ހިމެނޭ އަލަމްގީރަށް ހަތް މަހުގެ ޖަލު ހުކުމެއް މީގެ ކުރިން ކްރިމިނަލް ކޯޓުން އޮތީ އިއްވައިފަ އެވެ. އަދި ހަމަ އެ މައްސަލައިގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ވެސް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
ނާޒިމްގެ މައްޗަށް އިއްވި ހުކުމް ލުއިވީ ހުކުމް ލުއިވާނެ ކަމަށް ގަވާއިދުގައި ލިޔެފައި އޮތް ގޮތަށް، އޭނާ ކުށަށް ތައުބާވެ، އެކަމަށް އާންމުންގެ ފަރާތުން މައާފަށް އެދިފައިވާތީ އެވެ.
މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން އާންމެއްނުކުރެ އެވެ.
.jpeg?w=3840&q=75)


