


.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

ފްލައި ޑުބާއީގެ ފްލައިޓެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރި 2 ފްލައިޓެއްގެ އިންޖީނަށް މައްސަލަ ދިމާވެ، އިމަޖެންސީގައި ދެ ފްލައިޓްވެސް އަނބުރާ ޖައްސައިފި އެވެ.
މިއަދު ހަވީރު ވީއައިއޭ އަށް ޖައްސާފައިވަނީ ފްލައި ޑުބާއީގެ ފްލައިޓަކާއި، ބިޔޯންޑް އެއާލައިންގެ ފްލައިޓެކެވެ.
ދުބާއީއަށް ދަތުރުކުރި ފްލައި ޑުބާއީގެ އެފްޒެޑް 1569 ފްލައިޓް މާލެއިން ފުރިތާ ގިނައިރެއް ނުވަނިސް އިންޖީނަށް މައްސަލައެއް ދިމާވެގެން ޖެއްސިއިރު، ތެޔޮ ހުސްކުރުމަށްޓަކައި 45 މިނެޓް ވަންދެން ވައިގެ ތެރޭގައި އުދުހުމަށްފަހު ރައްކާތެރިކަމާއެކު ވަނީ އަނބުރާ ޖައްސައިފަ އެވެ. އަދި ބިޔޯންޑްގެ ފްލައިޓްވެސް ވައިގެ ތެރެއަށް އެރުމަށްފަހު އަނބުރާ ޖައްސާފައިވަނީވެސް ދަތުރުކުރުމަށް ބޭނުންވާ ސްޕީޑް ނުލިބިގެންނެވެ.
މި ދެ ހާދިސާގައިވެސް ފަޔާ އެންޑް ރެސްކިއު އަދި އައިޖީއެމްއެޗްގެ އީއާރުވެސް އެލާޓަށް ގެނެސްފައިވެ އެވެ. އެއާޕޯޓްގެ އިމަޖެންސީ ޕްރޮޓޮކޯލްއާ އެއްގޮތައް އަމަލުކޮށްފައިވާއިރު، ފްލައިޓްގައި ތިބި ފަސިންޖަރުންގެ އަދަދާއި އިންޖީނުތަކަށް ދިމާވި މައްސަލައިގެން ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.



.jpeg?w=3840&q=75)