

.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

.jpg?w=3840&q=75)


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައިވާ ހުއްޓައި ކަމަށެވެ.
3.8 ކިލޯގެ ކެނެބިސް އަތުލައިގެންފައިވާއިރު، މި ތަކެތި އަތުލައިގަތީ މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3800 ގުރާމެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ރާއްޖޭގެ ބޯޑަރުތަކުގައި ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ފާސްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.


.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)