.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

331405_3_22018e3e24f0f91e3b467149a58a41e8f9bf938d_large
އެއްޖިންސުން ގުޅުންހިންގުމުގެ ކުށް ސާބިތުވެ، ހުކުމް ކޮށްފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބަދަލުކުރަން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ބަންގްލަދޭޝް ފިރިހެނަކާއެކު އެއްޖިންސުން ގުޅުންހިންގާފައިވާނެކަމަށް އަމިއްލައަށް ކޯޓުގައި އިއުތިރާފުވުމުން ނާޒިމަށް ކްރިމިނަލް ކޯޓުން އަދަބެއް ގޮތުގައި ކަނޑައެޅީ 3 މަހާއި 21 ދުވަހުގެ ގޭބަންދު ކުރުމަށެވެ. ނަމަވެސް އެ ދައުވާ އުފުލި ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން އެދުނީ އޭނާ ޖަލަށްލާން ހުކުމް ކުރާށެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކުއުޓާ އަދި ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވީ، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ކޯޓަށް ހުށައެޅީ މިދިޔަ ހަފްތާގައި ކަމަށެވެ. ނަމަވެސް އަދި އެ މައްސަލަ ހައިކޯޓުން ބަލައިނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ، ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރަން ހުށައެޅީ ކްރިމިނަލް ކޯޓުން ނާޒިމަށް އަދަބު ކަނޑައަޅާފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ދެކޭތީ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ނާޒިމް ބުނެފައިވާ ގޮތުން އޭނާ އެއްޖިންސުން ގުޅުން ހިންގީ ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގުލަދޭޝްގެ އަލަމްގީރުއާއެކު އެވެ.
.jpeg?w=3840&q=75)


