.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

އެމްއެމްއޭ
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އެއްވެސް ގޮތަކަށް މިހާތަނަށް ޑޮލަރު މާރުކޮށްފައިނުވާތީ ދެ ރިސޯޓަކަށް ފިޔަވަޅު އަޅައިފި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ މި ގާނޫނުގެ ދަށުން ކެޓަގަރީ އޭ އިން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައިނުވަނީ ރަހާ ރިސޯޓް އަދި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ކަމަށެވެ.
އެމްއެމްއޭއިން ވަނީ ބޭރު ފައިސާއާއި ބެހޭ ގާނޫނުގެ ދަށުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވައިދާ އެއްގޮތަށް، މާރުކުރަންޖެހޭ މިންވަރަށް ޑޮލަރު މާރުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގާނޫނުގެ ދަށުން އެމްއެމްއޭގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުން ރަޖިސްޓްރީކުރުމަށްވެސް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެތެރެއިންވެސް ހާއްސަކޮށް ކެޓަގަރީ ބީ އިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް މަދުކަން ފާހަގަކޮށް އެމްއެމްއޭ އިން ބުނީ އެ ފަރާތްތަކުން ވީހާވެސް އަވަހަށް ރަޖިސްޓްރީކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިއީ ގާނޫޏުގެ ދަށުން ރަޖިސްޓްރީކުރަންޖެހޭ ފަރާތްތަކަށް ދެވޭ އެންމެ ފަހުގެ ފުރުސަތުކަމަށް އެމްއެމްއޭއިން ބުންޏެވެ.
މީގެއިތުރުން އެމްއެމްއޭ އިން ވަނީ ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ގިނަ ރިސޯޓްތަކުން އަމަލުކުރަމުންދާކަން ފާހަގަކޮށްފަ އެވެ. އަދި ސަބަބުތަކާ ހުރެ ބޭރު ފައިސާގެ އަދަދު މުރާޖައާ ކުރުމަށް އެދިފައިވާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެގޭ އިލްތިމާޒްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ އެދިފަ އެވެ.
.jpeg?w=3840&q=75)


