




.jpg?w=3840&q=75)

221261_3_81c77d6369b5690d8a256783c25d2695b5eac485_medium
ބަޑިއެއް އޮތްކަމަށް ބުނެގެން ހަނިމާދޫ އެއާޕޯޓުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
ފިސްތޯލައެއް އޮތް ކަމަށް ބުނެގެން ހަނިމާދޫ އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފައިވަނީ އެ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ އާ ސުވާލުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމައްސަލަ އިތުރަަށް ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފަކު އިއްޔެ ހައްޔަރުކޮށްފައިވަނީ، ރައީސް ސޯލިޙް އެ އެއާޕޯޓަށް ވަޑައިގަންނަވަން ކުޑަވަގުތުކޮޅަކަށްވެފައިވަނިކޮށް ފްލައިޓަށް ހިދުމަތްދޭ މުވައްޒަފުން ޗެކްކުރުމުގެ ތެރޭގައި "ރަނގަޅަށް ޗެކްކުރޭ. ބަޑިއެއް ވެސް އޮވެދާނެ" ކަމަށް އެ މުވައްޒަފު ބުނުމުންނެވެ.



