.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

breaking ބްރޭކިންގް
އެއްޖިންސުން ގުޅުން ހިންގި ކުށް ސާބިތުވެ ނާޒިމް ސައްތާރު 3 މަހަށް ގޭ ބަންދުކުރުމަށް ހުކުމްކޮށްފި އެވެ.
މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާތީ އޭނާ ތިން މަހާއި 26 ދުވަހަށް އޭނާ ގޭ ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ.
އެފަދަ ހުކުމެއް އޭނާގެ މައްޗަށް އައިސްފައިވަނީ އެއީ އޭނާ ކުށެއް ކުރި ފުރަތަމަ ފަހަރަށްވެފައި އާއި އެކުށަށް އޭނަ އިއުތިރާފުވެފައިވާތީ ހުކުމް ދެ ދަރަޖަ ދަށް ކުރުމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމްގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ އެވެ.
ނާޒިމްގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ނާޒިމް ވަނީ ދައުވާގައި ހިމެނޭ އެއް ޖިންސުގެ މިހާކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެފަ އެވެ.
ނާޒިމް ގޭ ބަންދަށް ހުކުމް ކުރިއިރު އެ މައްސަލާގައި އިއުތިރާފުން ކުށް ސާބިތުގެ އަލަމްގީރަށް 7 މަހާއި 7 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ މަހުގެ 31 ގަ އެވެ.
މިއަދުގެ ޝަރީއަތަށް ދިޔުމުގެ ކުރިން ނާޒިމް ސައްތާރު ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން އޭނާ ވަނީ އެކުށަށް އިއުތިރާފްވެ، ތައުބާވެއްޖައިމުކަށް އިއުލާނުކޮށްފައެވެ. އަދި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.
.jpeg?w=3840&q=75)


