




.jpeg?w=3840&q=75)


utejv4l_police-generic_625x300_07_March_20
އިންޑިއާގެ މިސްކިތެއްގެ ކުރިމަތީގައި، ނަމާދުކުރާ މީހުންނަށް އުނދަގޫވާގޮތަށް ހިންދޫ ދީނުގެ ލަވަތަކެއް ޖެހި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
އިންޑިއާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ކަން ހިނގާފައިވަނީ ކަރްނާޓަކާގެ ކަލަބުރަގީގައި އޮންނަ ސުޕަމާކެޓު ހިންގާ ސަރަހައްދެއްގައި ހުންނަ މަހިބާސް މަސްޖިދުގެ ކުރިމަތީގައެވެ. މިކަން ހިނގީ، ހިންދޫ ދީނުގެ އީދެއް ފާހަގަކުރުމުގެ ތެރޭގައި މިމަހުގެ 10 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގަ އެވެ.
މި މައްސަލަ ބްރަހަމްޕައުރް ޕޮލިސް ސްޓޭޝަންގައި ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. ދައުވާ ލިބޭ މީހުންނަކީ ތުކަރަމް މަހެންދްރަކަރް، އަމްބްރޭޝް ބޫވީ، އާންމު ދެ މީހުން އަދި ސަލީމް ނަމަކަށް ކިޔާ ޑީޖޭގެ ވެރިއެއް ކަމަށް އެފްއައިއާރްގައި ބުނެފައި ވެއެވެ. އަދި ބައެއް އެހެން މީހުން ވެސް ފުލުހުން ބުކްކޮށްފައިވާ ކަމަށް ވެ އެވެ. މިސްކިތުގެ ކުރިމަތީގައި އެމީހުން ޖަހާފައިވަނީ "ރުޅިވެރިކަން" އުފެދޭފަދަ ލަވައެއް ކަމަށް ޚަބަރުތައް ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް އިންޑިއާގެ ޕީނަލް ކޯޑް (އައިޕީސީ)ގެ 295 (ހ) އާއި 188 ވަނަ މާއްދާ އާއި ކަރްނާޓަކާ ފުލުހުންގެ ގާނޫނުގެ 31 އަދި 103 ވަނަ މާއްދާގެ ދަށުން ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.



