
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ސަރުކާރުން ގޮތެއް ނުނިންމާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނީ އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓަކާއި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރަން ނިންމާފައިވާކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓަކާއި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ޝާޢިއުކޮށްފައިވާ ޚަބަރުތަކަކީ ސައްހަނޫން ޚަބަރުތަކެއްކަމަށެވެ. އަދި މާލެ ސިޓީ ނޫން އެހެން ރަށެއްގައި ބޭރު ޤައުމެއްގެ ކޮންސުލޭޓެއް ޤާއިމުކުރުމާމެދު ދިވެހި ސަރުކާރުން ވަކި ގޮތެއް މިހާތަނަކަށް ނިންމާފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން މިކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއްކަމަށް ދިވެހިސަރުކާރުން ދެކޭކަމަށްވެސް ވަނީ ބުނެފައެވެ. އެހެންވެ ނޫސްތަކުގައާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިޢުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި، ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއްކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

%20(2).jpeg?w=3840&q=75)




%20(2).jpeg?w=3840&q=75)





