
New Project (91)
އިންޑިއާގެ އަވަށެއްގައި ބިރިޔާނި އޯޑަރެއްގެ މައްސަލައެއްގައި ހިނގި މާރާމާރީއެއްގައި 22 އަަހަރުގެ ފިރިހެނެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފިއެވެ.
ބާލާޖީ ނަމަކަށް ކިޔާ މި މީހާއަކީ ޗެންނާއީގެ ޕްރައިވެޓް ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، އޭނާ ރައްޓެހިންނާއެކު ރޭގަނޑުގެ ކެއުމަށް މަނޫރްޕެޓް ބަސް ސްޓޮޕް ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ދިޔައެވެ.
އަދި އެތަނުން ބިރިޔާނީ ގަންނަން އެމީހުން ތިއްބާ މަސްތުގެ ހާލަތުގައި ތިބި ތިން މީހަކު ބާލާޖީއާ ޒުވާބު ކުރަން ފެށިއެވެ. އެ ތިން މީހުންވެސް ތިބީ އެތަނުން ބިރިޔާނީއަށް އޯޑަރުކޮށްގެން ކަމަށާއި، މައްސަލަ ހޫނުވެ ޒުވާބުކުރަން ފެށީ އެމީހުންނަށްވުރެ ކުރިން ބާލާޖީއާއި އޭނާގެ ރައްޓެހިންގެ އޯޑަރު ދިނުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި ޒުވާބު ކުރުމަށްފަހު އެ ތިން މީހުން ވަނީ ބާލާޖީއަށް ހަމަލާދީ ޒަޚަމްކޮށްލާފައެވެ. މިމައްސަލަ ފުލުހަށް ހުށަހަޅައި، ބާލާޖީ ގޮވައިގެން ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗެންނާއީ ފުލުހުން ވަނީ އެ ތިން މީހުން ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.












