





.jpeg?w=3840&q=75)


b_bMsNbgffpIAe1APslopGTAOBe
ގދ. ތިނަދޫގައި ގޭންގުތަކުގެ ގޮތުގައި 2 ގޭންގާއި، ގއ ވިލިނގިލީގައި 1 ގޭންގު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ، ލ. ގަމުގައި މިހާރު ކުރިއަށްދާ ވިއަވަތި ކޮންފަރެސްގެ ތެރެއިން ފުލުހުންގެ މުއައްސަސާއިން ހުށަހަޅައިދިން "އަމާން މުޖުތަމައު" ޕްރެޒެންޓޭޝަންގައެވެ.
ފުލުހުން ހުށަހަޅާފައިވާ ޕްރެޒެންޓޭޝަންގައި ބުނެފައިވާ ގޮތުގައި، ގޭންގުތަކަށް ނިސްބަތްވާ މީހުންގެ ގޮތުގައި ހުވަދޫގެ ދެއަތޮޅަށް ނިސްބަތްވާ 335 މީހުން ތިބެއެެވެ. އެއީ، ގއ އަށް ނިސްބަތްވާ 137 ގޭންގު މެމްބަރުންނާއި، ގދ އަށް ނިސްބަތްވާ 273 މެމްބަރުންނެވެ.
އޭގެ އިތުރުން ފުލުހުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނެފައިވާ ގޮތުގައި، ފާއިތުވި ދެ އަހަރު އެކި މައްސަލަތަކުގައި ހުވަދު އަތޮޅުން ގޭންގުތަކަށް ނިސްބަތްވާ 328 މީހަކު ހައްޔަރުކޮށްފައިވެއެވެ.
އޭގެ ތެރޭގައި ގއ އަތޮޅުން 108 މީހަކު އެއްފަހަރު ހައްޔަރުކޮށްފައިވާ އިރު، 4-2 ފަހަރު ހައްޔަރު ކުރި މީހުންގެ އަދަދު 45 އަށް އަރާއިރު، 5 ފަހަރަށްވުރެ ގިނައިން ހައްޔަރުކުރި މީހުންގެ އަދަދު 4 އެވެ.
އަދި ގދ އަތޮޅުން 112 މީހަކު އެއްފަހަރު ހައްޔަރުކޮށްފައިވާ އިރު، 4-2 ފަހަރު ހައްޔަރު ކުރި މީހުންގެ އަދަދު 53 އަށް އަރާއިރު، 5 ފަހަރަށްވުރެ ގިނައިން ހައްޔަރުކުރި މީހުންގެ އަދަދު 6 އެވެ.




