.jpeg?w=3840&q=75)








FU53339aQAAxhPc
.އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދާ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ރައީސް ކަމުގެ ދައުރުގެ ފަހު ދުވަހަކީ މާދަމާ އެވެ.
2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ތާރިހީ މަޤާމަށް ވަޑައިގެންނެވި ޝާހިދު މާދަމާ ވަދާއީ ތަގުރީރެއްވެސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޝާހިދުގެ ދައުރަށްފަހު އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމާއި 77 ވަނަ ދައުރަށް ހަވާލުވެވަޑައިގަންނަވާނީ ހަންގޭރީގެ ކަސަބާ ކްރޯސީ އެވެ.
2021 ސެޕްޓެންބަރު 14 ގައި ފެށުނު ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ފަރާތުން ރިޔާސަތު ބަލަހައްޓަވަން ފޮރިން މިނިސްޓަރ ޝާހިދު ޚިޔާރުކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ. ޝާހިދު ވެގެން ގޮސްފައިވަނީ މި މަޤާމަށް އިންތިހާބުވި ފުރަތަމަ ދިވެއްސަށެވެ.
މިދިޔަ އަހަރުގެ އިންތިހާބަކީ މި މަޤާމަށް ދިވެހި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި އެ އިންތިހާބު ރާއްޖެއިން ކާމިޔާބުކުރީ 193 ޤައުމު އެކުލެވޭ އާންމު މަޖިލީހުގެ 143 ޤައުމުގެ ބޮޑު އަޢުލަބިއްޔަތެއް ހޯދައިގެންނެވެ.
ރާއްޖެވެފައި ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދ.ގެ ރިޔާސަތު ބެލެހެއްޓި 6 ވަނަ ޤައުމަށެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދުގެ "އުއްމީދުގެ ރިޔާސަތު" ބިނާކުރައްވައިފައި ވަނީ 5 ތަނބެއްގެ މައްޗަށެވެ. އެއީ މިންތީގެ ހަމަހަމަކަން ޤާއިމުކުރައްވައި، އަންހެނުންގެ ކުރިއެރުމަށާއި، ޒުވާނުން ބާރުވެރި ކުރެއްވުމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގެ ހާރިޖީ ދާއިރާއާ އުސްމިންތަކަށް ގެންދިއުމުގެ މައްޗަށެވެ.
ދައުރުގެ އެއް އަހަރު ދުވަހުގެ ތެރޭގައި އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ގިނަ ޤައުމުތަކަށް ދަތުރުފުޅުކުރައްވާ ޤައުމުތަކުގެ ޙާލަތު ގާތުން ބައްލަވާލައްވާ އެމަނިކުފާނުގެ "ޕްރެޒިޑެންސީ އޮފް ހޯޕް"ގެ ދަށުން ޤައުމުތަކުގެ ކުރިއެރުވުމަށް އދ.ގެ ޕްލެޓްފޯމް މެދުވެރިކުރައްވާ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.
.jpeg?w=3840&q=75)






.jpg?w=3840&q=75)