








big_ZelHq8D6gM9xuo4lEUjubiYpq
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަންކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވާ ސައުދުﷲ އަހުމަދު މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމުގައެވެ.
އޭގެ އިތުރުން ސައުދުﷲ އަކީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަގާމްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ސައުދުﷲ އަކީ، ވެރިކަމުގެ އިންތިޚާބުގެ ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމަގާމަށް ހޮއްވަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ކުރީގެ ސަރުކާރުގެ ނުފޫޒާއި އެތަކެއް ގޮންޖެހުންތަކާއެކުވެސް ސައުދުﷲ ވަނީ މިސަރުކާރު ގެނައުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.








