








Saudulla Ahmed
މިސަރުކާރާއެކީ ގދ. ރަތަފަންދޫ ރައްޔިތުންނަށް އަމިއްލަ ފައިމައްޗަށް ތެދުވާން އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ރަތަފަންދޫ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް މިއަދު ގެންގޮސްފައިވުމާއި ގުޅިގެން ސަރުކާރަށް ޝުކުރު އަދާކުރައްވަމުން ސައުދުﷲ މިއަދު ކުރެއްވި ޓުވީޓެއްްގައި ވިދާޅުވީ، ރަތަފަންދޫއަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދަމުންދާ ކަމަށާއި، މިއީ ރަތަފަންދޫ ރައްޔިތުންނަށް އުފާވެރިކަން ގެނައި ސަރުކާރެއް ކަމަށެވެ.
މިރަށުގެ ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރުވި ސަރުކާރެއް. މިސަރުކާރާއެކީ ރަށުގެ ރައްޔިތުންގެ ފައިމައްޗަށް ތެދުވާން އިތުރު ހިތްވަރެއް ލިބިގެންދިޔަ. ރަށުގައި ތިބެގެން ދިރިއުޅުން އާ ހަރުފަތަކަށް ގެންދަން ފަހި ފުރުސަތުތަކެއް ހުޅުވިގެން ހިނގައްޖެ." - ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ އިތުރަށް ވަނީ، ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒްް އިސްމާއީލް ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ރަތަފަންދޫގެ ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރައްވާފައެވެ.








