
މާޓިނެލީ އަލް ހިލާލްއަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން..
ޕްރެމިއާ ލީގު ޗެމްޕިއަން އަލް ހިލާލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ގެބްރިއަލް މާޓިނެލީ، ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލްއަށް ސޮއިކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 25 އަހަރުގެ ފޯވާޑް އަލް ހިލާލްއަށް ސޮއިކޮށްފައިވަނީ 60 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. އަދި މިއެއްބަސްވުމުގައި، އަލް ހިލާލް އިން އެހެން ކުލަބަކަށް އެނާ ވިއްކާލާނަމަ ލިބޭ ފައިދާ އިން ބައެއް އާސެނަލްއަށް ލީބެންޖެހޭ މާއްދާއެއް ހިމަނާފައިވެއެވެ.
މީގެ އިތުރުން މިދިޔަ ސީޒަނުގައި ސައުދި ޕްރޮފެޝަނަލް ލީގުގެ ދެވަނަ ހޯދީ އަލް ހިލާލް އިން ވަނީ މިސީޒަނަށް އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެސްޓަން ވިލާއަށް ކުޅެމުން އައި އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސްގެ އިތުރުން މިދިޔަ ސީޒަނުގައި ވެސްޓްހަމް ޔުނައިޓެޑަށް ކުޅުނު ނެދަލެންޑްސްގެ ފޯވާޑް ކްރައިސެންސިއޯ ސަމަވިލްގެ ސޮއި ވެސް މީގެ ކުރިން ހޯދާފައެވެ.
2019 ވަނަ އަހަރު 6 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ބްރެޒިލްގެ އިޓުއާނޯ އިން އާސެނަލްއަަށް ބަދަލުވި މާޓިނެލީ ވަނީ އާސެނަލްގެ ޖާޒީގައި އެޓީމަށް 191 މެޗު ކުޅެ 14 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މީގެ އިތުރުން ޒަމާންތަކަކަށްފަހު މިދިޔަ ސީޒަނުގައި އާސެނަލް އިން ޕްރެމިއާ ލީގު ކާމިޔާބުކޮށް ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މާޓިނެލީ ވަނީ އެޓީމަށް މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްދީފައެވެ.
















