








fbl-eur-c1-napoli-liverpool
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޭ އިޓަލީގެ ނަޕޯލީ އަތުން ލިވަޕޫލް ބަލިވެއްޖެ އެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗު ލިވަޕޫލްގެ މައްޗަށް ކުރިހޯދައި ނަޕޯލީން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ނަޕޯލީން ޖެހި ފުރަތަމަ ލަނޑު ފަސް ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ޒިއެލިންސްކީއެވެ. މި ލަނޑަށްފަހުވެސް މެޗުގައި ރަނގަޅަށް ކުޅެމުން ދިޔަ ނަޕޯލީއަށް މ 18 ވަނަ މިނެޓުގައި އެޓީމަށް ވަނީ އިތުރު ޕެނަލްޓީއެއް ލިބި ޕެނަލްޓީވަނީ ނާކާމިޔާބުވެފައެވެ.
ނަމަވެސް މެޗުގެ 31 ވަނަ މިނެޓުގައި ނަޕޯލީން ވަނީ ދެވަނަ ލަނޑުޖަހާ ލީޑު ނަގާ ދީފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަނގުއިސާއެވެ. އަދި ފުރަތަމަ ހާފް ނިމެން މިނުޓަކަށް ވެފައިވަނިކޮށް ނަޕޯލީގެ ތިން ވަނަ ލަނޑު ޖަހައިދިނީ ސިމިއޯނީއެވެ.
ދެވަނަ ހާފް ފެށިގެން ދެވަނަ މިނެޓުގައި ނަޕޯލީން ވަނީ ޒިއެލިންސްކީގެ ލަނޑުން 4-1 އަށް ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. މި މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކޮލަމްބިއާގެ ލުއިސް ޑިއާޒްއެވެ.
ގުރޫޕް އޭގައި އަންނަ ހަފްތާ ލިވަޕޫލް ނުކުންނާނީ ނެދަލެންޑްސް ގެ އަޔަކްސްއާ ދެކޮޅަށެވެ. އަދި ނަޕޯލީ ނުކުންނާނީ ސްކޮޓްލޭންޑްގެ ރޭންޖާސް އާ ދެކޮޅަށެވެ.




