
eeq
ޗައިނާގެ ހުޅަނގު ދެކުނު ސަރަހައްދަށް މިއަދު 6.6 މެގްނިޓިއުގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ދިމާވި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 30 އަށް އަރައިފި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި 6.6 މެގްނިޓިއުޑްގެ މި ބިންހެލުން އައިސްފައިވަނީ ސިޗުއާން ޕްރޮވިންސްގެ ކަންގްޑިން ސިޓީގެ އިރުދެކުނުން ގާތްގަނޑަކަށް 43 ކިލޯމީޓަރު (26 މޭލު) ދުރުން 10 ކިލޯމީޓަރު އަޑިންނެވެ.
މި ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު މިހާތަނަށް 30 ކަމަށް ޗައިނާގެ ސްޓޭޓްގެ ބްރޯޑްކާސްޓަރ ސީސީޓީވީން ބުނެއެވެ.
ސީސީޓީވީން ރިޕޯޓްކުރާ ގޮތުގައި ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަށް ވަނީ ހިނގާފައެވެ.
ޗައިނާ ބިންހެލުން ނެޓްވޯކްސް ސެންޓަރުން އޮންލައިންކޮށް ޕޯސްޓްކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ލުޑިން ކައުންޓީގެ ފަރުބަދަމަތީ ހިސާބުތަކަށް ބޯލްޑަރުން ހޮނު ގުގުރި ޖަހާ، މަގުގެ އެއްފަރާތުގައި ހުރި ޓެލެފޯން ވަޔަރުތައް ބުރައިގެން ދިއުމުގެ ސަބަބުން ވެލީގެ ވިލާތަކެއްވެސް ވަނީ އުފެދިފައެވެ.
ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، ކައިރި ހިސާބުތަކަށް އެތައް އާފްޓާޝޮކްތަކެއް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. ޔޫއެސްޖީއެސް އިން ބުނާ ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ގަޑިއިރެއް ފަހުން ވެސް ކުޑަ ބިންހެލުމެއް އިރުމަތީ ޓިބެޓަށް ވަނީ އައިސްފައެވެ. އެ ބިންހެލުން އައިސްފައިވަނީ 4.6 މެގްނިޓިއުޑްގައެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެތައް ސަތޭކަ ބަޔަކު ބަޔަކު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ސިޗުއާން ސިސްމޮލޮޖިކަލް އޮތޯރިޓީން ބުނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީވުމަށް 1000 އަށް ވުރެ ގިނަ ސިފައިން ފޮނުވާފައިވާ ކަމަށެވެ.
އަދި ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ކަމާބެހޭ ފަރާތްތަކުން އެތައްހާސް ޓެންޓްތަކާއި، ބްލޭންކެޓްތަކާއި، ފޯލްޑަބަލް އެނދުތައްވެސް ފޮނުވާފައިވާ ކަމަށް ވަނީ ބުނެފައި ވެއެވެ.
















