

.jpeg?w=3840&q=75)





Screenshot 2022-09-05 at 10.48.58
ޖިމްގައި ވޯކްކުރަމުންދަނިކޮށް އަންހެނަކު އިކުއިޕްމަންޓެއްގައި ތާށިވުމުން، އޭނާގެ ސްމާޓްވޮޗް ބޭނުންކޮށްގެން 911 އަށް ގުޅައިފިއެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކްރިސްޓީން ނަމަކަށް ކިޔާ އަންހެން މީހާ ޖިމްގައި ވޯކްއައުޓް ކުރަމުން ދަނިކޮށް އިންވާޝަން ޓޭބަލްގައި އެކޮޅުކޮޅަށް ތާށިވެފައި އޮންނަ މަންޒަރު ފެނެއެވެ. އެވީޑިއޯގައި އެންމެ ފުރަތަމަ އެ ޖިމްގެ އެހެން ތަނެއްގައި ހުރި މީހަކަށް ކްރިސްޓީން ގޮވާ އަޑު އިވެއެވެ. އަދި އޭނާ އެހެން ކޮޓަރިއެއްގައި ހުރުމުން އޭނާއަށް ކްރިސްޓީން ގޮވާ އަޑު ނީވެއެވެ.
އެހެން ކަމުން ކްރިސްޓީން ވަނީ އެހީއަށް އެދި 911 އަށް ގުޅާފައެވެ. އެމަންޒަރު ފެންނަ ވީޑިއޯ ކްރިސްޓީން ހިއްސާކޮށްފައިވާއިރު، އެވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
ކްރިސްޓީން 911 އަށް ގުޅައި، އޭނާއަށް އެހީވުމަށް އެދުނުތާ ފަސްވަރަކަށް މިނެޓު ފަހުން އޮފިސަރަކު އައިސް އޭނާއަށް އެހީވެދޭ މަންޒަރުވެސް އެވީޑިއޯއިން ފެނެއެވެ. ކްރިސްޓީން ޓިކްޓޮކްގައި އޭނާގެ ސަޕޯޓަރުންނާއި ފޮލޯވަރުންނަށް ކިޔައިދިން ގޮތުގައި އެ ހާދިސާއަށް ފަހު އޭނާއަށް ބޮލުގެ ރިހުމަކާއި ބޯ އަނބުރާގޮތެއް ވި ކަމަށެވެ.


.jpeg?w=3840&q=75)
