
img_lg_202208230826191661268379.4952
ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމު ފަރަށް އެރި ސަރަަހައްދު ސާފުކޮށްފި އެވެ.
ބްރިޖް އެޅުމުގެ މަސައްކަތްކުރާ އެފްކޮންސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޕްލެޓްފޯމުން ފަރަށް އެޅުނު ހުރިހާ ދަގަނޑުތަކެއް އިއްޔެ މެންދުރު ނަގައި ސާފުކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ކުރުމުގައި މޫސުމުގެ ގޮންޖެހުމާއި ކުރިމަތިވި ކަމަށްވެސް އެފްކޮންސް އިން ބުނެފައިވެ އެވެ.
އެފްކޮންސް އިން ބުނީ ކުނިތައް ނެގުމުގެ މަސައްކަތް ފެށީ މިދިޔަ މަހު 28 ގައި ކަމަށެވެ. އޭރު ވެސް ވަރަށް މޫސުން ގޯސްވެ ކަނޑުގަދަ ނަމަވެސް މަސައްކަތް ކުރި ކަމަށް ބުންޏެވެ.
އެފްކޮންސްއިން ބުނީ އެ ސަރަހައްދުގައި ހުރި ކުނިތައް ނެގުމަށް އެންމެ އެކަށީގެންވާ މެޝިނަރީސް ބޭނުންކުރި ކަމަށާއި ދެން އޮތީ އެންވަަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ އެކު ހަދާ ޖޮއިންޓް ސާވޭއެއް ކަމަށެވެ. އެ ސާވޭގައި، ފަރަށް ލިބިފައިވާ ގެއްލުން ބަލާނެ އެވެ.
އިންޑިއާގެ އެފްކޮންސް އިން ހަދަން ފަށާފައިވާ ތިލަމާލެ ބްރިޖް މަސައްކަތުގައި ބޭނުންކުރަމުން އައި ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ މަހުގެ 16 ގަ އެވެ. އެ ޕްލެޓްފޯމް ފަރުމަތިން ވަނީ މިދިޔަ މަހުގެ 27 ގައި ނަގާފަ އެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)





