
ބުރުނީގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ: ފުލުހުން
ތ. ބުރުނީގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
މި ހަރަކާތުގައި އެ ރަށުގައި ބިދޭސީން މަސައްކަތްކުރާ ސައިޓުތަކާއި، ވިޔަފާރިތަކަށް އަދި ބިދޭސީން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ބިދޭސީންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށާއި، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި، އޮންލައިން ވިޔަފާރިކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އާންމު އިޖުތިމާއީ ކަންކަމުގައި އަމަލުތައް ބަހައްޓަންވީ ގޮތާއި ކުށުގެ މާހައުލުން ރައްކާތެރިވެ ތިބުމަށާއި ގެންގުޅޭ ތަކެއްޗަށް ސަމާލުވެ ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ ބިދޭސީންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި ދިރިއުޅުމުގެ ހާލަތު ހުރިގޮތް ދެނެގަނެ ރަނގަޅުކުރެވެންހުރި ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް ކިޔައިދީފައިވާ ކަމަށެވެ. އަދި އިމިގްރޭޝަންގެ ގާނޫނާއި އެއްގޮތަށް އުޅުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ފުލުހުން ފާހަގަކުރި އެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)

